ގދ. ވާދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ވާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި ވާދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ވާދޫގައި މިވަގުތު ކޯވިޑް ޖެހިފައި ތިބި17 މީހުން އެބަތިއްބެވެ. މި ކޭސްތަކާއި ގުޅުން ހުރި މީހުން ދެނެގަތުމަށް ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވާދޫގެ އިތުރުން އެއަތޮޅު ރަތަފަންދޫވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
މިހަރު ކޯވިޑް ފެތުރޭތީ21 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ އައްޑޫ ސިޓީގެ ރަށްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް