ޗައިނާގެ ޗަންގްޗުން ސިޓީގައި ބާއްވާ އައިސް އެންޑް ސްނޯ ފެސްޓިވަލް ފެށިއްޖެ އެވެ.
ދުނިޔޭގައި ބާއްވާ އެންމެ މަގުބޫލު މި ފެސްޓިވަލް ފެށީ އިއްޔެ އެވެ. ފެސްޓިވަލް ކުރިޔަށްދާ މުއްދަތުގައި އެ ތަނުގައި ހާއްސަ މުބާރާތްތަކެއް ކުރިޔަށްދާނެ އެވެ.
ރޭގަނޑު އެކި ކުލަކުލައިގެން ދިއްލާލާފައި ހުންނަ މި ސަރަހައްދަކީ ޗައިނާއަށް ފިނި މޫސުމުގައި ޒިޔާރަތް ކުރާ ޓޫރިސްޓުންގެ މެދުގައި މަގްބޫލް މަންޒިލެކެވެ.
1998 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފެސްޓިވަލަށް މިހާތަނަށް 230 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި އެވެ.
މި ފެސްޓިވަލް ބާއްވަނީ އެ ސިޓީގެ 1.56 މިލިއަން އަކަ ކިލޯމީޓަރު ސަރަހައްދެއްގައި އެވެ. މި ތަނުގައި ސްނޯގެ އެކި ކުޅިވަރުތައް ކުޅެވޭގޮތަށް ހުންނަ އިރު 512 މީޓަރުގެ ސްލައިޑެއް ހަދާފަ އޮވެ އެވެ.
މި ފެސްޓިވަލް ކުރިޔަށް ދާނީ ހަތަރު މަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް