މުއާއަށް 36 އަހަރު، އައްޒަ މިއަދު މިހާތަނަށް ދެ ކޭކު ދީފި!

ދިވެހި ފިލްމީ ތަރި އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސެންޓަރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ މުއާޒު (މުއާ) އަށް މިއަދު 36 އަހަރުވެއްޖެ އެވެ. އުފަންދުވަސް ފާހަގަ ކުރަން ފެށުމުގެ ...

14 Dec 2021 | 12:48

ދިވެހި ފިލްމީ ތަރި އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސެންޓަރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ މުއާޒު (މުއާ) އަށް މިއަދު 36 އަހަރުވެއްޖެ އެވެ.

އުފަންދުވަސް ފާހަގަ ކުރަން ފެށުމުގެ ގޮތުން އަންހެނުން އަދި ފިލްމީ ތަރި މަރިޔަމް އައްޒަ ވަނީ ރޭ 12 ޖެހުމާއި އެކު ކޭކެއް ދީފަ އެވެ. ދެމީހުން ކޭކު ފަޅާތަން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައިވެ އެވެ.

ރޭގައި ކޭކު ފަޅާ ފޮޓޯތައް ހިއްސާކޮށް އައްޒަ އިންސްޓަގްރާމްގައި ބުނެފައިވަނީ އެއީ އުފަން ދުވަސް ފެށުމުގެ ގޮތުން ދިން ޕެކޭޖެއް ކަމަށެވެ.

އޭގެ ފަހުން އައްޒަ ވަނީ މުއާއަށް އެހެން ކޭކެއް ދިނުމަށް ފަހު އޭގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ. ދެމީހުން ރަތް ކުލައިން ގުޅުވާލައިގެން ހެދުން ލައިގެން ތިބި އިރު ކޭކާއި ކޭކު ކައިރި ޑެކޮރޭޓް ކޮށްފައިވަނީ ކަޅާއި ހުދުންނެވެ.

އެ ޕޯސްޓުގައި އައްޒަ ވަނީ މުއާއަކީ އެންމެ އެމޭޒިން ފިރިމީހާ ކަމަށްބުނެފަ އެވެ. އަދި ވަރަށް ލޯބިވާ ކަމަށްބުނެފައިވާއިރު މުއާ ވަނީ އެ ޕޯސްޓަށް ވަރަށް ލޯބިން ޖަވާބު ދީފަ އެވެ. މުއާ ބުނީ އައްޒަ އަކީ ހަމަ އެންމެ ބެސްޓު ކަމަށާއި ހުރިހާ ކަމަކަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.

https://www.instagram.com/p/CXb2-kOAMnI/

އައްޒަ އަކީ އާންމުކޮށް އުފަން ދުވަސް ދުވަހު ވަރަށް ގިނަ ކޭކު ފަޅާ މީހެކެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ޕޯސްޓުތަކަށް ބަލާއިރު އެންމެ ފަހުން އައި އައްޒަގެ އުފަން ދުވަހު އެކި މީހުން ހަދިޔާ ކުރި ކޭކާއި އާއިލާ މެމްބަރުން ފަރާތުން ލިބުނު ކޭކުތަކާއި އެކު ގާތް ގަނޑަކަށް ހަތް ވަރަކަށް ކޭކު ފަޅާފައިވާކަން އެނގެ އެވެ.

އެހެން ކަމުން މުއާގެ އުފަން ދުވަސް ފާހަގަ ކުރުމަށް އައްޒަ ކުރާނެ ހާއްސަ ކަންކަން ކުރިޔަށް އޮތީ ކަމަށް ބެލެވެ އެވެ. ކޭކު ދިނުންވެސް އަދި މި ނިމުނީ ކަމަކަށް ނުބެލެވެ އެވެ.

އައްޒައަކީ ސޯޝަލް މީޑިއާގައި ދިވެހި ފަންނާނުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ލައްކަ އަކާއި ގާތް ކުރާ އަދަދަކަށް މީހުން އޭނާ ފޮލޯ ކުރާއިރު ދިރިއުޅުމުގައި ހިންގާ ކަންކަން ބަރާބަރަށް ހިއްސާކުރާއިރު ވިޔަފާރިތައްވެސް އޭނާ ޕްރޮމޯޓު ކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް