ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި

ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ މި ދުވުން މިހާރު ބޭއްވުމަށް ނިންމާފައިވަނީ ...

14 Dec 2021 | 10:29

ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ މި ދުވުން މިހާރު ބޭއްވުމަށް ނިންމާފައިވަނީ މި ޑިސެމްބަރ މަހުގެ 25 ވާ ހޮނިހިރު ދުވަހު އެވެ.

ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބާއްވާ މި ދުވުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ ޑިސެންބަރު 17 ވާ ހުކުރު ދުވަހު އެވެ.

މި ދުވުމުގައި ބައިވެރިވުމަށް މި ޑިސެންބަރު 2 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

މި ދުވުމުގައި ރެޖިސްޓްރީވާން ވަކި މުއްދަތެއް ނެތް އިރު، ޓީއެފްޖީން ބުނީ ކަނޑައަޅާފައިވާ ޖާގަތައް ކަމަށްވާ 1200 ހަމަވުމުން ރެޖިސްޓްރޭޝަން ބަންދުކުރާނެ ކަމަށެވެ.

މިއީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުވުމެކެވެ. މި ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގަ އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް