ބާޖެއް ކަފުޖަހަިއގެން ދިޔަ ޓަގު ބޯޓެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވެއްޖެ

ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް ޑިސެންބަރު 13 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދިޔަ "ނީލް" ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރ...

14 Dec 2021 | 09:41

ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް ޑިސެންބަރު 13 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދިޔަ "ނީލް" ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

ބ. ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މެއިލް ބޭރުން ދަތުރުކުރަމުން ދިޔަ މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު އެމްއާރްސީސީއަށް ލިބިފައިވަނީ ރޭގެ 21:38 ހާއިރު އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހާދިސާގެ ރިޕޯރޓް ލިބުނު ހިސާބުން ޓަގުގެ ވެރިފަރާތާއިއެކު ދިޔައީ މުޢާމަލާތް ކުރަމުން ނެވެ.

އެގޮތުން 05 މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން ކުރި މަސައްކަތުން ޓަގު ބޯޓު ފެނިފައިވަނީ މިއަދު 11:46 ހާއިރު ބ.ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނމ ބޭރުން ނެވެ. މި ޓަގު ބޯޓު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯނިއަރ ވެސް ވައިގެ މަގުން ވަނީ ހަރަކާތްތެރިވެފަ އެވެ.

https://twitter.com/MNDF_Official/status/1470684625529835522

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް