ކަނޑު ބޭނުން ކުރާއިރު މިތަންތަނުގެ މުހިންމުކަމާއި ފައިދާ އެނގެން ޖެހޭ: ޑރ. ހުސައިން ރަޝީދު

ކަނޑު ބޭނުން ކުރާއިރު މިތަންތަނުގެ މުހިންމު ކަމާއި ފައިދާ އެނގެން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ހުސެއިން ރަޝީދު ހަސަން މިފަދައިން ވިދާޅުވީ މޯލް...

14 Dec 2021 | 09:31

ކަނޑު ބޭނުން ކުރާއިރު މިތަންތަނުގެ މުހިންމު ކަމާއި ފައިދާ އެނގެން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ހުސެއިން ރަޝީދު ހަސަން މިފަދައިން ވިދާޅުވީ މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 7 ވަނަ މެރިން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރ ވިދާޅުވީ ކަނޑާއި ގުޅިގެން އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާތަކެއް އެބަހުރި ކަމަށެވެ.

"އެއީ ކަނޑުގައި އަޅުގަނޑުމެން ދަތުރުކުރާއިރުގައިވެސް، ކަނޑު ބޭނުން ކުރާއިރުގައިވެސް، އަދި ފަރުތަކަށްގޮސް ޑައިވް ކުރާއިރުވެސް، މިތަންތަނުގެ މުހިންމުކަމާއި މިތަންތަނުން ލިބޭ ފައިދާ އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. ޑައިވް ކުރާ މީހުން އެބަ ފާހަގަ ކުރަންޖެހޭ އެންމެ ގާކޮޅެއް ވެސް ހަލާކުކޮށްލައިގެން ނުވާނެކަން." މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރެކްރިއޭޝަނަލް ބޭނުމަށް މިތަންތަނަށް ގޮސް އުޅޭ މީހުން ވެސް ފުޅިތަކާއި އެއްޗެތި މިތަންތަނަށް އުކާލައިގެން ނުވާނެކަން ދަންނަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ޕްލާސްޓިކް ފުޅި އުކާލައިގެން ނުވާނެކަން ދަންނަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް