މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބ. މާޅޮހުގައި މަސްބޭނުމުގެ ޚާއްސަ މުބާރާތެއް ބާއްވައިފި އެެވެ.
މާޅޮހު ކައުންސިލުން ދުވަސްއެމްވީއަށް މައުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތް ބާއްވާފައިވަނީ "ފެހި ފަހި މާޅޮސް ކައުންސިލު މަސް ރޭސް" ނަމުގަ އެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 13 ޓީމަކުން 60 ބައިވެރިން ވަނީ ހަރަކާތްތެރިވެފަ އެވެ.
މާޅޮހު ކައުންސިލުން ބުނީ މި ހަރަކާތް ހިންގުމުގައި ރަށުގެ ޒުވާނުންނާއި ރަށުގައި ހިންގަމުން އަންނަ ގެސްޓްހައުސްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ދޫނި ފިނޮޅު ގެސްޓްހައުސް، ދޮންފުޅަފި ބީޗް ވިއު، މޫން ޝެލް ރެސިޑެންސް ގެ އެހީތެރިކަން ލިބިފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މި މުބާރާތުގެ އެއްވަނައަށް ދިޔައީ "ނުލިބުނު ލޯބި" ޓީމެވެ. އެޓީމުން ވަނީ 25 ކިލޯގެ މަސް ބާނާފަ އެވެ. ދެވަނައަށް ދިޔައީ "ކަނދުފަތި" ޓީމެވެ.
އެންމެ ބޮޑުމަސް ބޭނީ "ޖާންތާ ގަރާޖު" ޓީމެވެ. އެޓީމުން ބާނާފައިވަނީ 7.2 ކިލޯގެ ބަރުދަން ހުރި މަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް