100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުޅުމާލެއިން އަތުލައިގެންފި އެވެ.
ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު (ސީޕީ) ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ވޭރުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހިނގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެތި ކަމަށެވެ. އަދި މިއީ ހިރޮއިން އަށް ޝައްކުކުރެވޭ ތަކެތި ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ހިނގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހޯދި 28 ޕެކެޓް މަސްތުވާތަކެއްޗާ އެކު އަންދާޒާކުރެވޭ ގޮތުން އޭގާ 119 ކިލޯ ހުންނާނެ ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ.
https://twitter.com/M_Hameedh/status/1470636285094105089
މި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މައްޗަން ގޮޅީ ސަހަރާއާ ވީ ހިސާބުގައި މާފަތްތަކުރުފާނު މަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ނެވެ. އަދި AB1A T8977 ނަންބަރު ދެ ޓެކްސީ ހުއްޓުވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ވަނީ ހޯދާފަ އެވެ.
މި އިން އެއްވެސް އޮޕަރޭޝަނެއްގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން އަދި ކަށަވަރެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް