ހަންޏާމީދޫ ބަނދަރު މަސައްކަތުގެ %53 ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %53 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ އެއްގަމުތޮށިލުމަށްޓަކައި ކޮންކްރީޓް ގައު އެތެރެ ކުރުމުގެ މަސައްކަތް 11...

14 Dec 2021 | 06:05

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %53 ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެއްގަމުތޮށިލުމަށްޓަކައި ކޮންކްރީޓް ގައު އެތެރެ ކުރުމުގެ މަސައްކަތް 11 ޑިސެމްބަރު ގައި ފަށާފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނޭ ކަމުގައި އެކުންފުނިން ހާމަ ކުރެއެވެ.

މީގެ އިތުރުން، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަަމުގައި އެ ކުންފުނިން ހާމަ ކުރެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 32.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް