ހަނިމާދޫ ކްލަސްޓަރ އާއި ގުޅުން ހުރި ފަރާތެއް ފިއްލަދޫން ޕޮޒިޓިވް ވެއްޖެ އެވެ.
ފިއްލަދޫ ސިއްހީ މަރުކަޒުން ބުނީ މިއީ ހަނިމާދޫ ކްލަސްޓަރ އާއި ގުޅިގެން ކަރަންޓީން ކުރެވިފައިވާ ފަރާތެއްގެ ސާމްޕަލުން ފާހަގަވި މީހުން ކަމަށެވެ. އަދި މިއީ މި މަހުގެ 11 ވަނަ ދުވަހު ނެގި ސާމްޕަލްތަކުން ޓެސްޓް ކުރުމުން ޕޮޒިޓިވް ވި ފަރާތެއް ކަމަށެވެ.
ފިއްލަދޫން ކޮވިޑް 19 ގެ ކޭހެއް ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.
މީގެ އިތުރުން އެކަމަށް އެންމެހައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެ މަރުކަޒުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް