ކުނި ނައްތައިލުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ދިވެހި ސަރުކާރުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 14 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފިއެވެ.
އޭޑީއެފްޑީ އިން ހާމަކުރާގޮތުގައި ކުނިން ހަކަތަ އުފެއްދޭ ގޮތަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކުނި 10 ޕަސެންޓް މަދުކޮށްދީ 6،000 ގޭބީސީ އަށް ކަރަންޓް ފޯރުކޮށްދޭނެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ޕްރޮޖެކްޓާއެކު ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށެވެ.
އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރުވެސް ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގެ މާލީ އިދާރާތައް މެދުވެރިކޮށް ބޮޑެތި ލޯނު ތަކެއް ނަގާފައެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގާފައި ވަނީ ޗައިނާ އިންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގަމުން އަންނަނީ އަވަށްޓެރި އިންޑިއާ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް