ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
ހުސައިން ވަހީދަކީ ށ.ފޯކައިދޫ އަށް ނިސްބަތް ވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ހުސައިން ވަނީހު އަވާހަރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށެވެ.
ރޭ 1:30 ހާއިރު މެމްބަރު ހުސެއިން އަވަހާރަވީ ހާލުކޮޅު އިތުރަށް ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވަނިކޮށެވެ.
ސިއްހީ ހާލުކޮޅު ގޯސްވެގެން މިއަހަރު ކުރީކޮޅު ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދުވަސްތަކެއް ވަންދެން އޮތްނެވުމަށްފަހު މެމްބަރު ހުސެއިން ވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، އެ ޖަލްސާގައި މެމްބަރު ހުސައިން ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަން ހާމަކުރައްވައި އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ހުސެއިން އަވަހާރަވީ އިރު އޭނާގެ ތިން ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވި އެވެ. ތިންބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ.
ހުސައިން ވަނީ 17 ވަނަ މަޖިލީހަށްވެސް އިންތިހާބުވެވަޑައިގެން 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން، މެންބަރު ހުސައިން ވަހީދަކީ ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް