އިންޑިއާގެ ފޮރިން މިނިސްޓަރާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް. ޖައިންޝަންކަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތު...

14 Dec 2019 | 11:01

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް. ޖައިންޝަންކަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18 ވަނަ ގަރުނު ފަހަތަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ދެން ދެވެން ނެތް ކަމަށާއި ފޮރިން މިނިސްޓަރާ އެކު ބޭއްވުނު ބައްދަލުކުރެއްވުމަކީ ކާމިޔާބު ބައްދަލުކުރެއްވުމެއް ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ މަނިކުފާނު ދެކެވަޑައިގަންނަވަމުން ގެންދަވާ ތަސައްވުރާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ނަޝީދު އިންޑިއާ އާއި ބާއްވަމުން އަންނަ ގާތްގުޅުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ މި ދަތުރުގައި އިންޑިއާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާވެސް ވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދާއި ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ "ލޮކްސަބާ" އާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް