އައިޖީއެމްއެޗް ގެ ސީލިންގ ގެ ބައެއް ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު 11:20 ކަންހާއިރު އެވެ. އަދި ސީލިންގ ވެއްޓުނީ ވާރޭ ވެހި ސީލިންގ ފޯވުމުންކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ މީސްމީޑިއާގައި ވަނީ ބުނެފައެވެ.
ސީލިންގ ވެއްޓުނު ވަގުތު އެތަނުގައި ގިނަ ބަޔަކު ތިބިކަމަށާއި ސީލިންގ ވެއްޓި ޖެހުނީ އެވަގުތު އެތަނުގައި އިން އަންހެން ކުއްޖެއްގެ ބޮލުގައި ޖެހުމުގެ ސަބަބުން އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
އެހެންނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް