ރައީސް ޔާމީން އަކީ ޤައުމު ވިއްކާލައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫން: އަދުރޭ

ރައީސް ޔާމީން އަކީ ޤައުމު ވިއްކާލައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވުިދާޅުވެފައި މިވަނީ ސަރުކާރު ހިންގާ އެ...

14 Dec 2019 | 06:47

ރައީސް ޔާމީން އަކީ ޤައުމު ވިއްކާލައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވުިދާޅުވެފައި މިވަނީ ސަރުކާރު ހިންގާ އެމްޑީޕީން، ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެކަމަށް ރައްދުދެއްވާ އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މި ޤައުމަށް ނެގައި ތަރައްޤީގައި އެންމެ ބޮޑު ޙިއްސާއެއް އަދާކުރީ ޗައިނާއިން ކަމަށެވެ.

" އެކަން ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ވަޒީރު، މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ޞައީދަށް. ލޯނު ނެގި ވާހަކަ ދައްކާއިރު، ދުވަހަކު، ބަޔަކަށް ލޯނު ނުދޭ ފަދަ ކުޑަ އިންޓްރެސްޓުގައި އަޅުގަނޑުމެންނަށް ލޯނު ދޫކޮށްފަ ހުރީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މި ބޭފުޅުން އެ ވިދާޅުވާ ޤައުމުން އަޅުގަނޑުމެންނަށް ލޯނޭ ކިޔައިގެން މި ދެނީ ކޯއްޗެއްކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މިދައްކަނީ މުޅި ޤައުމު ވިއްކާލައިގެން 300 މިލިއަން ޑޮލަރު ހޯދާ ވާހަކަ  ކަމަށެވެ.

ބޭރު ގައުމެއްގެ އަޅުވެތިކަމަށް މި ޤައުމު ދިޔަ ނުދީ، ސައްތައިން ސައްތަ މުސްލިމު، އަމިއްލަ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ބާއްވައިގެން މި ޤައުމުގައި ވެރިކަން ކުރަން އެނގިވަޑައިގަންނަވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް