މެދުކެނޑުމަކަށްފަހު ދިރާގު ދިވެހި ލީގު ހޯމަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ ލީގުގެ ކުޅުން ހޯމަ ދުވަހު ފަށާނީ ގްރީން ސްޓްރީޓް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މެޗުން ކަމަށެވެ.
ދިރާގު ދިވެހި ޕްރެމިއަރ ލީގު މެދުކަނޑާލީ ވަރލްޑް ކަޕް ކޮލިފިކޭޝަންއާއި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން އަދި ސައުތް އޭޝިއަން ގޭމްސް އަށް ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުންނެވެ.
ގާތްގަޑަކަށް ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ލީގު އަލުން ފަށާ އިރު، ހޯމަ ދުވަހުގެ ރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ. އަދި އަންގާރަ ދުވަހު އޮންނާނީ ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ މެޗެވެ.
ތާވަލުގެ އެއްވަނައިގައި 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސްއެވެ. އަދި ތިން ވަނައިގައި 20 ޕޮއިންޓާ އެކު ގްރީން އޮތް އިރު، ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު ޓީސީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް