ޤައުމީ ޔުނިވަރސިޓީއަށް ޑެޕިއުޓީ ވައިސް ޗާންސަލަރުން އައްޔަނުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ތިން ދާއިރާއަކުން ޑެޕިއުޓީ ވައިސް ޗާންސަލަރުން އައްޔަނުކޮށްފި އެވެ. މިއަދު އެމްއެންޔޫގައި ބޭއްވި ހަފްލާއެއްގައި ޑެޕިއުޓީ ވައިސް ޗާންސަލަރުން އައްޔަނ...

14 Nov 2019 | 08:16

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ތިން ދާއިރާއަކުން ޑެޕިއުޓީ ވައިސް ޗާންސަލަރުން އައްޔަނުކޮށްފި އެވެ.

މިއަދު އެމްއެންޔޫގައި ބޭއްވި ހަފްލާއެއްގައި ޑެޕިއުޓީ ވައިސް ޗާންސަލަރުން އައްޔަނުކޮށްފައިވާ ތިން ދާއިރާ އަކީ ފައިސާ އާއި ހިންގުމާ ބެހޭ (އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް) ދާއިރާ އާއި ޢިލްމީ ޙަރަކާތްތަކާ ބެހޭ (އެކެޑެމިކް އެފެއާރޒް) ދާއިރާ އާއި ޢިލްމީ ތަޙްޤީޤް އާ ބެހޭ (ރިސާރޗް އެންޑް އެންޓަރޕްރައިސް) ދާއިރާއެވެ.

ރިސާރޗް އެންޑް އެންޓަރޕްރައިސްގެ ޑެޕިއުޓީ ވައިސް ޗާންސަލަރަކަށް އައްޔަނުކޮށްފައި ވަނީ ޑރ. އައިޝަތު ޝެހެނާޒް އާދަމް އާއެވެ. އެކެޑެމިކް އެފެއާރޒްގެ ޑެޕިއުޓީ ވައިސް ޗާންސަލަރގެ މަގާމަށް އައިޝަތު ޝާހީން އިސްމާއިލް އައްޔަނުކުރިއިރު، އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސްގެ ޑެޕިއުޓީ ވައިސް ޗާންސަލަރަކަށް އައްޔަނުކޮށްފައި ވަނީ ހުސެން ހަލީމެވެ.

މި ތިން ބޭފުޅުން އެމަގާމަށް އައްޔަނުކޮށްފައި ވަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ. މި މަގާމުތަކަށް ޖުމްލަ 30 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

މި މަޤާމުތައް އުފެދިގެން އައީ، ޔުނިވަރސިޓީގެ ޤާނޫނު އެންމެ ފުރަތަމަ ފާސްކުރިއިރު އޮތްގޮތަށް މިހާރުގެ ސަރުކާރުން ޤާނޫނު އިއާދަކުރުމުންނެވެ. ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަސްދީޤްކުރެއްވީ 5 އޯގަސްޓް 2019 ގައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޔުނިވަރސިޓީގެ ޤާނޫނު ވަނީ، ހުރިހާ މުހިއްމު މަޤާމުތަކަށް މީހުން ޢައްޔަނުކުރުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ގޮތަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް