ދެ ދުވަސްކުރިން އިސްލާމީ ޖިހާދީންގެ އިސް ވެރިއަކު އިޒްރޭލުން މަރާލުމާއެކު ގާޒާގެ ހަމާސް ޖަމާއަތާއި އިޒްރޭލާއި ދެމެދު ބަދަލުކުރަން ފެށި ހަމަލާތައް މެދުކަނޑާލަން ދެފަރާތުންވެސް އެއްބަސްވެފައިވާކަމަށް އިސްލާމިކް ޖިހާދުން ބުނެފިއެވެ.
އަލްޖަޒީރާ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34 މުސްލިމަކު ޝަހީދުވެފައިވެއެވެ. އިޒްރޭލުގެ 63 މީހަކު ޒަހަމްވެފައިވެއެއެވެ.
ހަމަލާ ބަދަލުކުރުންތައް މެދުކަނޑާލަން އެއްބަސްވުމަކަށް އައިސްފައިވާކަމަށް އިސްލާމިކް ޖިހާދުން ބުނިނަމަވެސް އިޒްރޭލުން ރަސްމީ ސިފައެއްގައި މިކަން ހާމަކޮށްފައެއް ނުވެއެވެ.
ހަމަލާތަކަށް 48 ގަޑިއިރަށްވުރެ ގިނައިރުވެފައިވާއިރު އިޒްރޭލުން އަންގާރަ ދުވަހު ދިން މިސައިލް ހަމަލާއްގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަބޫ އަލް އަތާ ޝަހީދުކޮށްލިއެވެ. އޭނާގެ އެޕާޓްމެންޓަށް ދިން އެ ހަމަލާގައި އޭނާގެ އަންހެނުންވެސް ޝަހީދުކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާއާއި ގުޅިގެން ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދީން ވަނީ ރައްދު ހަމަލާތަކެއް އިޒްރޭލަށް ދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް