ތާރާ އަސްލު ބޭނުންވަނީ ލަވަކިޔުންތެރިއަކަށް ވާން

ކަރަން ޖޯހަރްގެ "ސްޓޫޑެންޓް އޮފް ދި އިޔަރ 2" އިން މަގްބޫލުކަން ހޯދި ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާ ހަގީގަތުގައި ވާން ބޭނުންވަނީ ލަވަކިޔުންތެރިއަކަށް ކަމަށް އޭނާ ބުނެފިއެވެ. އިންޑިއާގެ މެގަޒިންއަކަށް ...

14 Nov 2019 | 05:33

ކަރަން ޖޯހަރްގެ "ސްޓޫޑެންޓް އޮފް ދި އިޔަރ 2" އިން މަގްބޫލުކަން ހޯދި ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާ ހަގީގަތުގައި ވާން ބޭނުންވަނީ ލަވަކިޔުންތެރިއަކަށް ކަމަށް އޭނާ ބުނެފިއެވެ.

އިންޑިއާގެ މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ތާރާ ބުނީ، އެކްޓުކުރުމަކީ އޭނާގެ ޕްލޭންގައި އޮތް ކަމެއް ނޫން ކަމަށާއި، އަބަދުވެސް ބޭނުންވަނީ މިއުޒިކް ދާއިރާއިން ކުރިއަރައިގެން ދާން ކަމުގައެވެ.

ތާރާ ބުނިގޮތުގައި ލަވަކިޔުމަކީ އޭނާ ވަރަށް ލޯބިވާ ކަމެއް ކަމަށެވެ. ފިލްމް ޕްރޮމޯޓްކުރަން އުޅުމުގެ ތެރޭގައި ތާރާގެ ފޭނުންނަށް އޭނާ ވަނީ ލަވަ ކިޔައިދީފައެވެ. އޭނާގެ ލަވަކިޔުމަށް އެތައް ބަޔަކު މިހާރުވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.

ތަރާ އަކީ ލަވަކިޔުމަށް ވޮއިސް ޓްރެއިނިންގ ވެސް ހަދައިގެން ހުރި މީހެކެވެ. ތާރާ ބުނީ، އޭނާގެ ހުވަފެނަކީ ލަވަކިޔުންތެރިއަކަށް ވުން ކަމަށްވާއިރު އޭނާ މިހާރު ދެވަނަ ފިލްމު ޕްރޮމޯޓްކޮށް އަދި ތިން ވަނަ ފިލްމެއް ޝޫޓް ކުރަމުންދާކަން ގަބޫލުވެސް ނުކުރެވޭ ކަމުގައެވެ. މިއަހަރު ފިލްމުތަކަށް ފޯކަސް ކުރިނަމަވެސް އަންނަ އަހަރު ލަވަކިއުމުގެ ދާއިރާއިން ކުރިއެރޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމުގައި އޭނާ ވަނީ ބުނެފައެވެ.

ތާރާގެ އެންމެ ފުރަތަމަ ފެނިގެންދިޔަ ފިލްމް "ސްޓޫޑެންޓް އޮފް ދި އިޔަރ" އަށްފަހު އޭނާގެ 'ފޭން ބޭސް' ވަނީ ވަރަށް ގިނަވެފައެވެ. ތާރާ ބުނީ ފުރުސަތު ލިބޭވަރަކުން އެކްޓުކޮށް އަދި ލަވަވެސް ކިޔާނެ ކަމަށެވެ.

ތާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭނާ މިހާރު ޕްރޮމޯޓް ކުރަމުން އަންނަ ފިލްމް "މަރްޖާވާން" އިންނެވެ. މި ފިލްމުގައި ތާރާ ފެނިގެންދާނީ ވާހަކަ ނުދެއްކޭ ކުއްޖެއްގެ ގޮތުގައެވެ. މި ފިލްމުން ތާޜާ އާއި އެކީ ދެން ފެނިގެންދާނީ ސިދާތް މަލްހޯތްރާ، ރަކުލް ޕްރީތް އަދި ރިރޭޝް ދޭޝްމުކް އެވެ. މާދަމާ އަކީ މިފިލްމު ރިލީޒްކުރާ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް