މެޑްލެބް އިން މިއަދު ހަކުރު ބަލި ޓެސްޓް ކޮށްދިނުން ހިލޭ

ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެޑްލެބް ޑައިގްނޯސްޓިކްސް ޕްރައިވެޓް ލިމިޓެޑުން މިއަދު ހަކުރު ބަލި ޓެސްޓް ކޮށްދިނުން ހިލޭ ކަމަށް އެލެބޯޓްރީން ބުނެފައިވެއެވެ. ހަކުރު ބަލި ޓެސްޓު ކުރުން މިއަ...

14 Nov 2019 | 04:31

ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެޑްލެބް ޑައިގްނޯސްޓިކްސް ޕްރައިވެޓް ލިމިޓެޑުން މިއަދު ހަކުރު ބަލި ޓެސްޓް ކޮށްދިނުން ހިލޭ ކަމަށް އެލެބޯޓްރީން ބުނެފައިވެއެވެ.

ހަކުރު ބަލި ޓެސްޓު ކުރުން މިއަދު 8:00 ގައި ފެށީގެން ކުރިއަށްދާއިރު، މިރޭ 20:00ގެ ނިޔަލަށް މެޑްލެބް ލެބޯޓްރީ އިން ކުރިއަށް ގެންދާނެކަމަށް މެޑްލެބް އިން މައުލޫމާތު ދީފައިވެއެވެ.

ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ މަޤްސަދަކީ ހަކުރު ބަލިން ރައްކާތެރިވުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމާއެކު މި ބަލީގެ ޝިކާރައަކަށްވާ މީހުން މަދުކުރުމުމަށް މަސައްކަތް ކުރުމެވެ. އަދި އެ ފަދަ އާއިލާތަކަށް ބޭނުންވާ ހޭލުންތެރިކަން ފޯރުކޮށްދިނުމާއެކު އެފަރާތްތައް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބާރުވެރިކުރުވުމެވެ.

މި އަހަރުގެ ނޮވެންބަރު  މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރު ހަކުރު ބަލީގެ ދުވަހަށް އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން އިން ކަނޑައަޅާފައިވާ ޝިއާރަކީ "ހަކުރު ބައްޔާއި އާއިލާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް