މޯލްޑިވްސް އިސްލާމިކް ބޭންކެ (އެމްއައިބީ) އިން ހިއްސާ ގަތް ފަރާތްތަކަށް އެބޭންކުން ހިއްސާ ބަހައިފި އެވެ.
އެމްއައިބީން ނެރުރު ބަޔާނެއްގައި ބުނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީސް (އެމްއެސްޑީ)ގައި އިންވެސްޓަރުން ހުޅުވާފައިވާ އެކައުންޓުތަކަށް ހިއްސާ ޖަމާކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެމްއައިބީން ބުނީ އެއެކައުންޓުތަކަށް ފައިސާ ޖަމާނުވެ، އަދި އިތުރު އެހެން މައްސަލައެއް އުޅޭނަމަ އެބޭންކަށް އެންގުމުން މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ.
އެމްއައިބީން ހިއްސާވިއްކުމަށް ހުޅުވައިލި މުއްދަތުގެ ތެރޭގައި ހިއްސާ ގަތުމަށް ޖުމްލަ 17،713 ފޯމު 16،146 އިންވެސްޓަރުންގެ ފަރާތުން ލިބުނު ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ. ފައިސާގެ އަދަދުން ބަލާނަމަ 356.5 މިލިއަން ރުފިޔާ އެވެ.
މިއަދަކީ ހިއްސާ ވިއްކައިގެން ހޯދަން ކަނޑައެޅި ފައިސާގެ އަދަދަށްވުރެ 112.4 މިލިއަން ރުފިޔާގެ އިތުރު އަދަދެއް ކަމަށްވެސް އެމްއައިބީން ބުފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް