ބޮލީވުޑްގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝަކަރް އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް އާއިލާއިން ބުނެފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު ލަތާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލުމަށް ދަތިތަކަކާއި ކުރިމަތިވެގެންނެވެ. ލަތާއަށް ވަނީ އައިސީޔޫގައި ފަރުވާދީފައެވެ.
އިންޑިއާގެ ނޫސްތަކާއި ހަވާލާދީ އާއިލާއިން ބުނީ، ލަތާގެ ހާލު މިހާރު ރަގަޅު ވަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އާއިލާއިން ބުނީ، ލަތާ އަކީ ހިތްވަރުގަދަ މީހެއް ކަމަށާއި، މިދަނޑިވަޅުގައި ވެސް އޭނާ ވަނީ ބައްޔާއި ވަރަށް ފުރިހަމައަށް ހަނގުރާމަކޮށްފައި ކަމަށެވެ. އަދި އެހާ އަވަހަށް ރަގަޅުވަމުން އަންނަނީވެސް ލަތާގެ ހިތްވަރުގަދަކަމުން ކަމަށް އާއިލާ އިން ވަނީ ފާހަގަކޮށްފައެވެ.
ލަތާ އަކީ ކުރިންވެސް އަދި މިހާރުވެސް އިންޑިއާގެ ފިލްމީ ދާއިރާއިން އެތައް ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އޭނާ ވަނީ ބޮލީވުޑްގައި ގިނަ އަދަދެއްގެ ލަވަތަކެއް ކިޔައި، ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައެވެ. އޭނާ ވަނީ އިންޑިއާގެ 36 ބަހަކުން ލަވަކިޔާފައެވެ. ލަތާ މިހާރު އެކަނި އުޅެވޭވަރަށްވުރެ މުސްކުޅިވެފައިވާއިރު، އޭނާގެ އުމުރު 90 އިން މައްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް