ޖިންނި ހެދިގެން ޔޫޓިއުބަށް "ޕްރޭންކް" ވީޑިއޯ ހަދަން އުޅުނު ޒުވާނުންތަކެއް އިންޑިއާގައި ހައްޔަރުކޮށްފި

ޖިންނި ހެދިގެން މީހުންނަށް ބިރު ދައްކައިގެ ޔޫޓިއުބަށް ޕްރޭންކް ވީޑިއޯތަކެއް ހަދަން އުޅުނު ހަތް ޒުވާނަކު އިންޑިއާގެ ބެންގަލޫރޫ އިން ހައްޔަރުކޮށްފިއެވެ. މި ޒުވާނުންނަކީ 20 އަހަރާއި 22 އަހަރާއި ދެމެދުގެ ...

14 Nov 2019 | 03:50

ޖިންނި ހެދިގެން މީހުންނަށް ބިރު ދައްކައިގެ ޔޫޓިއުބަށް ޕްރޭންކް ވީޑިއޯތަކެއް ހަދަން އުޅުނު ހަތް ޒުވާނަކު އިންޑިއާގެ ބެންގަލޫރޫ އިން ހައްޔަރުކޮށްފިއެވެ.

މި ޒުވާނުންނަކީ 20 އަހަރާއި 22 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ޒުވާނުންތަކެއް ކަމަށް ބެންގަލޫރޫ ފުލުހުން ބުނެފައިވެއެވެ.

މި ޒުވާނުންތައް ހައްޔަރުކުރީ ދަންވަރު އެފަދަ ވީޑިއޯތަކެއް ހަދަން އުޅެނިކޮށެވެ. އޭގެން ޒުވާނެއްގެ ފޯނުގައި އެފަދަ ބައިވަރު ވީޑިއޯ ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަތް ޒުވާނުން މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އިލްތިމާސް ކުރުމަށްފަހުގައި ކަމަށާއި އެ ޒުވާނުން އެ ކުރީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ޕްރޭންކް ވިޑިއޯސް ޔޫޓިއުބަށް އަޕްލޯޑް ކުރުމުގައި ޔޫޓިއުބުގައިވެސް ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ހުރެއެވެ. އެގޮތުން އަމިއްލަ ނަފްސަށް އަދި ބަޔަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭ ވީޑިއޯއެއް އަޕްލޯޑްކޮށްފިނަމަ އެ ޗެނަލެއް ސަސްޕެންޑް ކުރާނެ ކަމަށް ޔޫޓިއުބް ގައިޑްލައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް