ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ރޭގެ ދަންވަރު ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 20 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 02:15 އެހައިކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިރާގު ކައިރިންނެވެ.
އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވަނީ މާރާމާރީގެ މައްސަލައަކާ ގުޅިގެން ފުލުހުން އޭނާއާ ސުވާލުކުރުމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް