މިސްރުގެ އުތުރުގެ ޕްރޮވިންސެއް ކަމުގައިވ ބާހިރާގައި ތެޔޮ ހޮޅިއެއްގައި އަލިފާން ރޯވެ ހަ މީހަކު މަރުވެ 15 މީހަކު ޒަހަމްވެއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން މިސްރުގެ ޕައިޕްލައިން އޮތޯރިޓީގެ ވެރިޔާ އަބްދެލްމޮނީމް ހާފެޒް ބުނެފައިވަނީ އަލިފާން ރޯވީ ތެޔޮ ލީކުވަމުންދިޔަ ސަރަހައްދެއްގައި ކަމަށާއި ލީކުވި ސަރަހައްދަކީ ވަގުން ވަގަށް ތެޔޮ ނެގުމަށް ތެޔޮ ޕައިޕްލައިނެއް ހަލާކު ކޮށްލާފައިވާ ސަރަހައްދެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިސްރުގެ ގާހިރާ އާއިވެސް މާ ދުރު ނޫން ހިސާބެއްގައެވެ. މި ހާދިސާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައިވެއެވެ.
މިސްރަކީ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދާ ގައުމެކެވެ. އަދި އުފައްދާ ތެޔޮ އެހެން ގައުމުތަކަށް ގިނަ އަދަދަކަށް އެކްސްޕޯޓް ކުރާ ގައުމެއްވެސް މެއެވެ. 1972 އިން ފެށިގެން މިނިސްޓްރީ އޮފް ޕެޓްރޯލިއަމްގެ ނަމުގައި މިނިސްޓްރީއެއް އުފައްދައި މިސްރުން އަންނަނީ ތެލުގެ މާކެޓު ފުޅާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް