ފަލަސްތީނު މަސްރަހު: ޝަހީދުވި މީހުންގެ އަދަދު 26 އަށް

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ އާއި އިޒްރޭލާއި ދެމެދު ހަމަލާތައް ބަދަލުކުރަމުން އަންނައިރު އިޒްރޭލު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ. މި އަދަދު ހާމަކޮށ...

14 Nov 2019 | 01:22

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ އާއި އިޒްރޭލާއި ދެމެދު ހަމަލާތައް ބަދަލުކުރަމުން އަންނައިރު އިޒްރޭލު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.

މި އަދަދު ހާމަކޮށްފައިވަނީ ހަމާސް ސަރުކާރަށް ނިސްބަތްވާ ސިއްހީ ވުޒާރާއިންނެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަ ތިން ކުއްޖަކު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލުން އަންގާރަ ދުވަހު ދިން މިސައިލް ހަމަލާއްގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަބޫ އަލް އަތާ ޝަހީދުކޮށްލިއެވެ. އޭނާގެ އެޕާޓްމެންޓަށް ދިން އެ ހަމަލާގައި އޭނާގެ އަންހެނުންވެސް ޝަހީދުކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާއާއި ގުޅިގެން ހަމާސް ޖަމާއަތުންވެސް ވަނީ ރައްދު ހަމަލާތަކެއް އިޒްރޭލަށް ދޭން ފަށާފައެވެ. ނަމަވެސް އޭގެން އެއްވެސް ހަމަލާއެއްގައި އިޒްރޭލު މީހަކު މަރުވެފައި ނުވާކަމަށާއި ގިނަ ރޮކެޓުތައް ޖައްވުގެ ތެރޭގައި އޮއްވާ ގޮއްވާލާކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

އިޒްރޭލުން އަންނަނީ ރައްދުގައި ކަމަށްބުނެ ދޭތެރެ ދޭތެރެއިން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި ތިން މީހަކު ޝަހީދުވިއެވެ. އިޒްރޭލުގެ މި ހަމަލާތަކާއި ގުޅިގެން ގާޒާގައި ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ. އަދި ކުއްލި ހާލަތު ވަނީ އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް