މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ގަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން “ގަމު ފުޓްބޯޅަ މުބާރާތް 2021"ގެ ނަމުގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ލާމު ގަމުގައި ބާއްވަން ނިންމައިފި އެވެ. ފުޓްބޯޅައިގެ ދިގު ތާރީހެއް އޮތް މި އަތޮޅަށް ހުޅުވާލައިގެން ބ...

14 Oct 2021 | 18:09

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން “ގަމު ފުޓްބޯޅަ މުބާރާތް 2021"ގެ ނަމުގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ލާމު ގަމުގައި ބާއްވަން ނިންމައިފި އެވެ.

ފުޓްބޯޅައިގެ ދިގު ތާރީހެއް އޮތް މި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އިންތިޒާމުކުރަނީ ލ. ގަމި ކައުންސިލް އިދާރާއިންނެވެ. ގަމު ޒޯން ސްޓޭޑިއަމުގައި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 15 ގައެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، މި ކަމާއި ގުޅިގެން ގަމު ކައުންސލުން ނެރެ އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ "ގަމު ފުޓްބޯޅަ މުބާރާތް2021" އަންނަ ޑިސެމްބަރު މަހުގެ 15 ގައި ބާއްވަން ނިންމާފައިވާ ކަމަށާއި މި މުބާރާތުގައި ޓީމުތައް ބައިވެރި ވުމަށް ފޯމް ހުށައަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މީގެ އިތުރުން މި މުބާރާތުގައި ބައިވެރި ވެވޭނީ ކަމާ ބެހޭ އިދާރާ ތަކުގައި ރެޖިސްޓްރީ ކޮށްފައިވާ ޤަވައިދަށް ފެތޭ ކުލަބު ޖަމުޢިއްޔާ ތަކުގެ އިތުރުން ލ އަތޮޅު ރައްރަށުގެ ކައުންސިލް އިދާރާތަކަށް ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

މި އިއުލާނުގައި ވާ ގޮތުން މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) އަދި ރަނައަޕް ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށާއި މި ފޯން ލިބެން ހުންނާނީ ގަމު ކައުންސިލް އިދާރާއިން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށް ފަހު ފޯމް ހުށައަޅަން ވާނީ ގަމު ކައުންސިލް އިދާރާއަށް ކަމަށްވެސް އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް