ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީލޯންޑަރިންގެ މައްސަލައިގަ ހުކުމްކުރި ފަނޑިޔާރުން ވާހަކަ ދައްކާ އޯޑިއޯ ކަމަށް ބުނާ އަޑުގެ ހަޤީޤަތް ހޯދަން ކުރިޔަށް ގެންދާ ތަހުޤީޤަށް އިތުރު ދިހަ ދުވަސް ބޭނުންވާކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހާމަަކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިހެން ބުނެފައިމިވަނީ މި އޯޑިއޯތަކުގެ ތަހުޤީޤު ލަސްވަމުންދާތީވެ މިއަދު ފުލުހުންނާއި ބައްދަލުކުރައްވާ ތަހުޤީގު ލަސްވާތީވެ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު މީޑިއާގައެވެ.
ލީކުވެގެން އުޅެނީ ކްރިމިނަލް ކޯޓުގެ ފަނޑިޔަރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަަނޑިޔާރުން ކަމަށް ބެލެވޭ ބައެއްގެ އޯޑިއޯ ރެކޯޑިންގް ތަކެކެވެ. ނަމަވެސް މި ތިން ފަނޑިޔާރުން އެއީ އެބޭފުޅުންގެ އޯޑިއޯއެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.
މި އޯޑިއޯތަކުގައި ބުނެފައިވާ ގޮތުން ކުރީގެ ރައީސް ޔާމީން އަށް ހުކުމްކުރީ އެބޭފުޅުން ރަހީނުކޮށްގެން ކަމަށް ދޭހަވާ މޭރުމަކުން ވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއު ޓްވީޓް ކުރެއްވި ގޮތުގައި އޯޑިއޯގެ ތަހުގީގު އަދިވެސް ނުނިމެއެވެ. އަދި އެ ތަހުގީގު ނިންމަން އިތުރު ދިހަ ދުވަސް ބޭނުން ވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެެ. މިގޮތުން މި އޯޑިއޯތައް ތަހުގީގު ކުރަން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމުގައި ވެސް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވިގޮތުގައި ދިހަ ދުވަސް ފަހުން އަނެއްކާވެސް ފުލުހުންގެ އިދާރާއަށް އެބޭފުޅުން ދާނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވި އެހެން ފަރާތްތްކުން މީޑިއާއަށް މައުލޫމާތު ދެއްވިގޮތުގައި ދިހަ ދުވަސް ފަހުން އެބޭފުޅުން ފުލުހުނާއި ސުވާލުކުރަން ދާނެއެވެ.
އަދި މި މައްސަލަ ވަރަށް ގާތުން ދިރާސާ ކުރައްވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް