ރައީސް ސޯލިހު މާދަމާ ކަނޑޫދޫއަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައީސް އެ ރަށަށް ވަޑައިގެންނަވާނީ މާދަމާ އެވެ. ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދުނިޔޭގެ ކާބޯތ...

14 Oct 2021 | 17:26

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އެ ރަށަށް ވަޑައިގެންނަވާނީ މާދަމާ އެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ހަރަކާތްތައް އިންތިޒާމް ކުރަނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީންނެވެ.

ރައީސް ބައިވެރިވެވަޑައިގެންނަވާ ހަރާކްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ން 6:00 އަށެވެ. އަދި ރޭގަނޑު 8:30 ން 9:30 އަށެވެ.

ކަނޑޫދޫއަކީ ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަ ކުރެވޭ ރަށެކެވެ. ހާއްސަކޮށް އެ ރަށް މަޝްހޫރުވެފައިވަނީ ކުޅި ގަދަ މިރުހެއް ހައްދައި ރާއްޖޭގެ ބާޒާރަށް ނެރޭ ދަނޑުވެރިންތަކެއް އުޅޭ ރަށެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް