އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއްގައި ކަސްޓަމްސްގެ ވަފުދެއް އިންޑިއާއަށް ދަނީ

އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއްގައި ކަސްޓަމްސްގެ ވަފުދެއް އިންޑިއާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ. މި ޕްރޮގްރާމް އޮންނާނީ މި އޮކްޓޯބަރ މަހުގެ 18 އިން 22 އަށެވެ. އަދި މި ޕ...

14 Oct 2021 | 17:25

އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއްގައި ކަސްޓަމްސްގެ ވަފުދެއް އިންޑިއާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

މި ޕްރޮގްރާމް އޮންނާނީ މި އޮކްޓޯބަރ މަހުގެ 18 އިން 22 އަށެވެ. އަދި މި ޕްރޮގްރާމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 10 މުވައްޒަފުން ބައިވެރިވާގޮތަށް ވަނީ ނިންމާފަ އެވެ.

މިއީ އިންޑިއާ ސަރުކާރުގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސެސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ ދަށުން ދިއްލީގެ ސެންޓްރަލް ރިވެނިއު ކޮންޓްރޯލް ލެބަރޯޓަރީ (ސީއާރްސީއެލް) ގައި ހިންގޭ "ކެމިކަލް އެނަލިސިސް އެންޑް ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންްސް" ތަމްރީނު ޕްރޮގްރާމެކެވެ.

މި އޮފިޝަލުންނަށް ލެބަރޯޓަރީ ޓެސްޓިންގ ގެ ތަމްރީނު ޚާއްސަކޮށް ސީއާރްސީއެލް އިން އެނަރޖީ ބުއިން ކަމަށް ކަނޑައަޅާފައިވާ ތަކެތި ޓެސްޓުކުރުމުގެ ތަމްރީނު ދޭނެ އެވެ.އަދި މައިދާނީ ދަތުރުތައް އަދި ޒަމާނީ ސައިންޓިފިކް ވަސީލަތްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ދެނެގަތުމުގެ ޢަމަލީ ތަޖުރިބާ އާއި ތަމްރީނު ޕްރޮގްރާމް ވެސް ލިބިގެން ދާނެ އެވެ.

މިއި ޖޫން 2019 ބޮޑުވަޒީރު މޯދީގެ ރަސްމީ ދަތުރުފުޅުގައި ސީބީއައިސީ އަދި އެމްސީއެސްއާއި ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ރޭވިފައިވާ ދަތުރެކެވެ.

"އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް" ގެ މަގްސަދަކީ ކަސްޓަމްސްގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އެމްއޯޔޫގެ ދަށުން 2020ގައި ކަސްޓަމްސްގެ 10 އިސް އޮފިސަރުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް އިނޑައިރެކްޓް ޓެކްސެސް އެންޑް ނާކޮޓިކްސް އަށް ތަޢާރަފު ދަތުރެއް ކުރި އެވެ. އަދި 30 އޮފިޝަލުންނަށް ކަސްޓަމްސް ވެލުއޭޝަން އެންޑް ރިސްކް މެނޭޖްމަންޓް ތަމްރީނު ޕްރޮގްރާމް ހިންގުނެވެ.

ކޮވިޑް 19 ބަލިމަޑުކަމާއި ދަތުރުފަތުރު މަޑުޖެހުމާއި އެކީވެސް ކަސްޓަމްސްގެ އޮފިސަރުން ދަނީ އޮންލައިން ތަމްރީނު ކޯސްތަކުގައި ނޮވެމްބަރު 2020އިން ފެށިގެން ވަރުބަލިކަމެއްނެތި ބައިވެރިވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް