ބްރެޒިލްއިން ރާއްޖެއައި ފިރިހެނެއްގެ އަތުން 4.67 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސުން މައުލޫމާތުދޭގޮތުގައި އޮކްޓޯބަރ 01 ވަނަ ދުވަހު ...

14 Oct 2019 | 07:59

ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 66 އަހަރުގެ އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސުން މައުލޫމާތުދޭގޮތުގައި އޮކްޓޯބަރ 01 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މި މީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.  އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަތުލައި ގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 4.67 ކިލޯއަށް އަރާއިރު މިތަކެތީގެ މަގުމަތީ އަގު  16,327,913.00 (ސޯޅަ މިލިއަން ތިންލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ ތޭރަ) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ. ިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް