ސެޓަލްމެންޓު ކޮމެޓީއަށް އެހީވާނެ އޮޑިޓު ފާމެއް ހޯދަނީ

ސަރުކާރާ ދެކޮޅަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ގުޅޭގޮތުން ރައީސް އުފައްދާފައިވާ ސެޓަލް...

14 Oct 2019 | 07:41

ސަރުކާރާ ދެކޮޅަށް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ގުޅޭގޮތުން ރައީސް އުފައްދާފައިވާ ސެޓަލްމަންޓު ކޮމެޓީއަށް އެހީތެރިވާނެ އޮޑިޓު ފާމެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސެޓަލްމެންޓު ކޮމިޓީގެ ބޭނުމަށް އައްޔަންކުރާ އޮޑިޓް ފާމްތަކުގެ ޒިންމާއަކަށް ވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި، ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވެލުއޭޓްކޮށް، އެމައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާ އެރުވުން ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ކޯޓުން ބޭރުގައި ހައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގުސަދަކީ އެކިއެކި ފަރާތްތަކަށް ގެެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއް ކަން ޔަގީންކޮށް ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުން ކަމަށްވެސް ބަޔާނުގައިވެ އެވެ. މިމަސައްްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުސޫލުން ކަމުގައިވާތީ މަސައްކަތުގެ ތަފްސީލް ހިމެނޭ ޓާމްސް އޮފް ރިފަރެންސާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް ވަރަށް އަވަހަށް ގެޒެޓްގައި ޝާއިއުކުރާނެ ކަމަށްވެސް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފަ އެވެ.

"ކޯޓުން ބޭރުގައި ޙައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމްއެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގްސަދަކީ އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއްކަން ޔަގީންކޮށް، ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމެވެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ސެޓަލްމެންޓު ކޮމެޓީއަށް އެހީތެރިވާނެ އޮޑިޓު ފާމުތަކެއް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އައިފަހުން އެތައް ކުންފުންޏަކަށް ވަނީ ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން ބޮޑެތި އަދަދުތަކުން ބަދަލުދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް