ސުނިލް ޝެޓީ ހޮލީވުޑަށް

ރާއްޖެއަށް ހަމަޖައްސާފައިވާ ފިޓްނަސް އެމްބެސެޑަރު، ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފިއެވެ. ރިޕޯޓުތައް ބުނާގޮތުގައި ސުނިލް ޝެޓީ ސޮއިކޮށްފައިވަނީ ހަޤީޤީ ހާދިސާއެއްގެ މައްޗަ...

14 Oct 2019 | 07:22

ރާއްޖެއަށް ހަމަޖައްސާފައިވާ ފިޓްނަސް އެމްބެސެޑަރު، ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސުނިލް ޝެޓީ ސޮއިކޮށްފައިވަނީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ޖެފްރީ ޗިން ޑައިރެކްޓްކުރާ "ކޯލް ސެންޓާ" ނަމަކަށް ކިޔާ ފިލްމަކަށްށެވެ.

އެގޮތުން މި ފިލްމުގައި ސުނިލް ކުޅެން ހަމަޖެހިފައިވަނީ ފަގުޑި އެޅި ސިކް ފުލުހެއްގެ ރޯލެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ވާގޮތުގައި މި ފިލްމުގެ ޝޫޓިން މިހާރު އިންޑިއާގެ ހައިދަރުއާބާދުގައި ކުރިއަށް އެބަދެއެވެ. އެ ފިލްމަކީ އެމެރިކާ އާއި އިންޑިއާގެ އެކްޓަރުން މަސްހުނިކޮށްގެން ހަދާ ފިލްމެކެވެ.

"ކޯލް ސެންޓާ" މި ފިލްމުގެ ކުންނުން ފެނިގެންދާނީ އިންޑިއާގެ ވަރުގަދަ ކޯލް ސެންޓަރެއް ހިންގާ ހަތަރު މީހަކު، އެ ގައުމުގައި ހުންނަ އެމެރިކާގެ ކުންފުންޏަކުން ކުރާ ބޮޑު ވައްކަމެއް ތަހުގީގުކުރަން ކުރާ މަސައްކަތެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމުގެ ޝޫޓިން ނިންމާލެވޭނީ އަންނަ ޑިސެންބަރު މަހުގައެވެ.

ސުނިލް ޝެޓީ އަލީ ނަވާރަސަތޭކައިގެ އަހަރުތަކުގެ ބޮލީވުޑަށް ތައާރަފްވި އެކްޓަރެކެވެ. އެކި ކަހަލަ ރޯލުތަކުން އޭނާ ވަނީ ފެނިފައެވެ. ސުނިލް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދާދި ފަހުން ރިލީޒްކުރި ކަންނާޑާ ފިލްމު "ޕެއިލްވާން" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް