ހިތަދޫގައި އަޅާފައިވާ ފްލެޓްތައް ދޫކުރަން ފަށައިފި

އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދޫކުރަން ފަށައިފިއެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރެވިފައިވާ 264 ފްލެޓް ލިބޭ ހައްގުވެރި ފަރާތ...

14 Oct 2019 | 05:46

އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދޫކުރަން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރެވިފައިވާ 264 ފްލެޓް ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް އެގްރީމަންޓްގައި ސޮއިކޮށް، ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އިއްޔެ އައްޑޫ ސިޓީ ކައުންސިލްގައި ފަށާފައިވާ ކަމަށެވެ.

ހިތަދޫގައި އަޅާފައިވާ 264 ފްލެޓް ބަހާލެވިފައި ވަނީ އައްޑޫ ސިޓީގެއެކި ރަށްރަށުގެ މީހުންނަށެވެ. އެގޮތުން 150 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ހިތަދޫގެ ރައްތިޔުންނަށެވެ. އެ ފްލެޓްތަކަށް 446 މީހަކު ވަނީ ކުރިމަތިލާފައެވެ.

އެ ފްލެޓްތަކުގެ ތެރެއިން 30 ފްލެޓް މަރަދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންގެ ތެރެއިން ހިތަދޫގައި ދިރުއުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާއިރު، ފޭދޫ ރައްޔިތުންނަށް ހާއްސަކުރެވިފައި ވަނީ 50 ފްލެޓެވެ.

ހިތަދޫގައި އަޅާފައިވާ ފްލެޓުތަކަކީ ޗައިނާގެ ނޭޝަނަލް މެޝިނަރީ އެންޑް އިކުއިޕްމެންޓް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން އަޅާފައިވާ ފްލެޓް ތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް