"މިލާން ކްރިކެޓް އެވޯޑް ނައިޓް" ޙަފުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި ހަފުލާގައި، 2018 ވަނަ އަހަރުގެ އެންމެމޮޅު 3 ކްރިކެޓަރުންނަށް، މިލާން އެކަޑަމީން ދޭ އެވޯޑް ހަވާލުކޮށްދެއްވީ ރައީސެވެ. މި ހަފުލާގައި މިލާން ކުރިކެޓް އެކަޑަމީން 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިކެޓް މުބާރާތުގެ ލޯގޯ ވެސް ރައީސް ވަނީ އިފްޠިތާޙް ކޮށްދެއްވާފައެވެ.
މިލާން ކުރިކެޓް އެކަޑަމީ އަކީ 2009 ވަނަ އަހަރު އުފައްދާފައިވާ އެކަޑަމީއެކެވެ. ރޭ ބޭއްވި ހަފުލާއަކީ އެ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއެކެވެ.
މިލާން އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިން ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ކުރިކެޓް މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ކުރިކެޓްގައި މުހިންމު ކާމިޔާބީތަކެއް ވަނީ ހޯދައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް