ހުސައިން އާދަމް ބިލްޑިން --
ހަދަމުންދިޔަ ރިސޯޓެއްގެ އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި އަނިޔާވެގެން ފަރުވާ ދެމުން އެބަދެ އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު 3:58 ހާއިރު ކަމަށެވެ. އެމީހާ ވެއްޓިފައިވަނީ ރ. ފުއްގިރީގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނީ އެމީހާ ވެއްޓިފައިވަނީ އިމާރާތުގެ ގާތްގަނޑަކަށް 25 ފޫޓު އުހުން ކަމަށެވެ. ވެއްޓުނީ އުމުރުން 25 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އެމީހާއަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް