މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންފި އެވެ.
އަންވަރުގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މެލޭޝިއާ ބޮޑުވަޒީރު މިރޭ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު އެވެ.
ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއާޕޯޓުގައި ސްކޫލް ދަރިވަރުންގެ ހަރަކާތެއް ކުރިޔަށް ގެންދިޔަ އެވެ. ރަސްމީ ޢިއްޒަތުގައި މެލޭޝިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ މާދަމާ މާލޭގައި އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ރަސްމީ މަޝްވަރާތައް ދެ ލީޑަރުން ކުރިއަށް ގެންދަވާނެއެވެ.
އެ މަޝްވަރާތަކާ ގުޅިގެން ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރެއްވުމާއި ލިޔެކިޔުން ބަދަލުކުރެއްވުން ވެސް ތާވަލުކުރެވިފައިވެއެވެ. ހަމައެއާއެކު މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭ ގޮތުން ދެ ބޭފުޅުން ނޫސްވެރިންނަށް ބަޔާނެއް ދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
2022 ވަނަ އަހަރު ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު ރާއްޖެއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް