އެޗްޑީސީ އޮފީސް -- ފޮޓޯ: އެޗްޑީސީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ގޯއްޗާއި ފްލެޓް ގަންނަން ލިބޭ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ބުނީ މަޢުލޫމާތު އެއްކުރުމުގެ ނަމުގައި އެ ކުންފުނީގެ ފަރާތުން އެއްވެސް ފަރާތަކަށް ފޯން ކޯލެއް މެސެޖެއް ނުވަތަ ލިންކެއް ނުފޮނުވާނެ ކަމަށެވެ.
އެ ކުންފުނީގެ ނަން ބޭނުންކޮށްގެން އެފަދަ އެއްވެސް އެއްޗެއް ލިބިފައިވާ ނަމަ އެއީ ސްކޭމެއްކަން ދެނެގަނެ ރައްކާތެރިވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މީގެ ކުރިންވެސް އެޗްޑީސީގެ ނަމުގައި ތަފާތު ސްކޭމްތައް ހިންގާފައިވެއެވެ. އޭގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެންނާއި ބޯހިޔާވަހިކަމުގެ އެހެނިހެން މަޝްރޫޢުތަކާ ގުޅުވައިގެން ހިންގި ސްކޭމްތައް ހިމެނެއެވެ.
ސަރުކާރުގެ އެކި މުއައްސަސާތަކުގެ ނަން ބޭނުންކޮށްގެން މިފަދަ ސްކޭމް ކޯލުތައް ކުރުމަކީ ހިނގަމުންދާ ކަމެއް ކަމަށާއި މި ސްކޭމްތަކުގެ ސަބަބުން ގިނަ ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ގެއްލެމުންދާތީ ރައްޔިތުން ސަމާލުވުމަށް ފުލުހުންވެސް ވަނީ ކުރިން އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް