ރައީސް އޮފީހުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހު ކުރީ ...

14 Sep 2026 | 09:05
އަބްދުﷲ ނާޒިމް -- ފޮޓޯ: ހެލްތް މިނިސްޓްރީ

އަބްދުﷲ ނާޒިމް -- ފޮޓޯ: ހެލްތް މިނިސްޓްރީ

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހު ކުރީ ކޮޅެވެ. އޭގެ ކުރިން ހުންނެވީ ހެލްތް މިނިސްޓަރުގެ މަގާމުގައި އެވެ.

ހެލްތް މިނިސްޓަރުގެ މަގާމުންވެސް ނާޒިމް އިސްތިއުފާދެއްވީ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އާއި އެކު ސަރުކާރު ހިންގުމަށް ރައީސަށް އެއްބާރުލުން ދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.

ރައީސް އޮފީހުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވިކަން ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ. އޭނާ ވިދާޅުވީ ނާޒިމް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ މިއަދު ކަމަށެވެ.

ނާޒިމް އިސްތިއުފާދެއްވި ސަބަބެއް ނޭނގެ އެވެ.

ނާޒިމް ވަނީ ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހެލްތް މިނިސްޓަރުކަން ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް