މީގެ ކުރިން އުސްފަސްގަނޑޫ ކައިރީ ވި އެކްސިޑެންޓެއް -- ފޮޓޯ: އެކްސިޑެންޓު މޯލްޑިވްސް
ސިނަމާލޭ ބްރިޖުގައި ދުއްވަމުން ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓުވެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު ކުރީ ރޭ 7:20 ހާއިރު ކަމަށެވެ. އެކްސިޑެންޓުވީ މާލެއިން ހުޅުމާލެއިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް ކަހާލައިގެން ވެއްޓިގެންނެވެ.
އެ ސައިކަލް ވެއްޓި މަގުން ދުއްވާފައި ދިޔަ އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓުވި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދަނީ ކަހާލައިގެން ވެއްޓުނު ސައިކަލު ދުއްވަން އިން 20 އަހަރުގެ ދިވެހި ފިރިހެނަކަަށެވެ.
އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ހާލަތާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. އަނިޔާ ލިބުނު އަނެއް ދެމީހުން ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައި އެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް