ޑރ. މަރިޔަމް މާރިޔާ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން އިސްތިއުފާ ދެއްވި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މާރިޔާ މިހާރު ވަނީ އެ މިނިސްޓްރީގެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފައްޓަވައިފައެވެ.
މިދިޔަ އޭޕްރިލް މަހު ޑރ. މާރިޔާ ކެބިނެޓުން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި އެވެ. އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އޭގެ ކުރިން މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި އެ ކަމަނާ ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައެވެ.
މާރިޔާ އަކީ މި ސަރުކާރަށް ކައުންސިލް އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ރައީސްގެ އެންގެވުމަށް އިސްތިއުފާދެއްވި މިނިސްޓަރުންގެ ތެރެއިން ބޭފުޅެކެވެ.
އޭގެ ފަހުން އިސްތިއުފާ ދެއްވި ބޭފުޅުން ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުންނަށް ދަނީ އައްޔަން ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު ހިމެނިވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް