އެމްޓީސީސީން ވިއްކާ އިންޖީނުތަކަށް ހާއްސަކޮށް "މާބޮޑަށް ވެސް އަގުހެޔޮ ވެއްޖެ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެމްޓީސީސީން ބުނީ މި ކެމްޕެއިނަކީ ސަރުކާރުން އިމްޕޯޓު ޑިއުޓީއަށް ގެނައި ހެޔޮ ބަދަލާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަންގައި އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނާއި ޔަންމާ އިންބޯޑު އިންޖީނުގެ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ.
އެ ކުންފުނިން ބުނީ އެމްޓީސީސީގެ އަމާޒަކީ ކޮންމެ އަހަރަކު އެކި ޕްރޮޑަކްޓުތަކުގެ ޕްރޮމޯޝަންތައް ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ދިނުމުގެ އިތުރުން އިންޖީނު އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް ކަސްޓަމަރުން އަހުލުވެރި ކުރުވުމަކީ އެ ކުންފުނިން އިސްކަންދޭ ކަންކަން ކަމަށެވެ.
އެމްޓީސީސީއަކީ ޔަންމާ އިންޖީނު، ސުޒުކީ އައުޓްބޯޑު އިންޖީނު، ކާސްޓްރޯލް އަޑީ ތެޔޮ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
މީގެ އިތުރުން އެމްޓީސީސީއިން ދަތުރުފަތުރުގެ ހިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި
ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް