ލޭންޑިން ކްރާފްޓެއް ފަރަށް އަރައިރި

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދިޔަ ލޭންޑިން ކްރާފްޓެއް ފަރަށް އަރައިފިއެވެ. "ހެވީ ސްޓާ" ނަމަކަށް ކިޔާ މި ލޭންޑިން ކްރާފްޓް އަރާފައިވަނީ ށ. ނަލަންދޫ ފަރަށެވެ. މި އުޅަނދު ފ...

14 Sep 2020 | 03:52

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދިޔަ ލޭންޑިން ކްރާފްޓެއް ފަރަށް އަރައިފިއެވެ.

"ހެވީ ސްޓާ" ނަމަކަށް ކިޔާ މި ލޭންޑިން ކްރާފްޓް އަރާފައިވަނީ ށ. ނަލަންދޫ ފަރަށެވެ. މި އުޅަނދު ފަރަށް އެރިއިރު އޭގައި ހަތް މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"މި އުޅަނދުގައި ތިބީ ތިން ދިވެހިންނާއި ހަތަރު ބިދޭސީން، މީހަކަށް އަނިޔާއެއް ނުވޭ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ރޭ ދަންވަރު 1:15 ހާއިރު މިކަމުގެ ރިޕޯޓް ލިބުމާއެކު ނޮދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަނުން ހަރަކާތްތެރިވާން ފަށާފައިވާކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް