ރާއްޖެއިން މެލޭޝިޔާއަށް ދިޔަ މީހަކާއި ރާއްޖެއިން ލަންކާއަށް ދިޔަ ދެމީހަކު ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން މެލޭޝިޔާއަށް ދިޔަ މީހަކާއި ރާއްޖެއިން ލަންކާއަށް ދިޔަ ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ. އެގޮތުން މެލޭޝިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ...

14 Sep 2020 | 00:48

ރާއްޖެއިން މެލޭޝިޔާއަށް ދިޔަ މީހަކާއި ރާއްޖެއިން ލަންކާއަށް ދިޔަ ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

އެގޮތުން މެލޭޝިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ އެ ގައުމުން ޕޮޒިޓިވް 47 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން އެކަކީ ރާއްޖެއިން މެލޭޝިޔާއަށް ދަތުރުކުރި މީހެކެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި އިއްޔެ އެ ގައުމުން 15 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ދެމީހުންނަކީ ރާއްޖެއިން ލަންކާއަށް ދިޔަ ދެމީހެކެވެ.

އެ ގައުމުގެ ތަކުގެ ނޫސްތަކުގައި އެއީ ރާއްޖެއިން ދިޔަ މީހުން ކަމަށް ބުނެފައިވީނަމަވެސް އެއީ ދިވެހިންކަމެއް ސާފެއް ނޫނެވެ.

ރާއްޖެއިން ލަންކާއަށް ދިޔަ ދެމީހަކު އިއްޔެ ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުން ބުނެފައިވާއިރު އިއްޔެ ނޫން ކުރީ ދުވަހު، ރާއްޖެއިން ލަންކާއަށް ދިޔަ ފަސް މީހަކުވެސް ޕޮޒިޓިވް ވެފައިވާކަމަށް ކުރިން ބުނެފައިވެއެވެ.

ރާއްޖެއާ އަޅާ ބަލާއިރު ލަންކާގައި ކޮވިޑް ކޭސްތަކުގެ އަދަދާއި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އުޅެނީ ވަރަށް ދަށުގައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ އަދަދު ނުވަ ހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު ލަންކާގެ އަދަދު އުޅެނީ ތިން ހާހުގައެވެ. ރާއްޖޭއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 32 އަށް އަރާފައިވާއިރު ލަންކާއިން ކޮވިޑުގައި މަރުވެފައިވަނީ 12 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް