ލ. ގަމުގައި މިއަދު މަސް ފެންގަނޑަކަށް ވެއްޓުނު ކުޑަ ކުއްޖަކަށް އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އެބަ ދެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ މަސްފެންގަނޑަށް ވެއްޓުނީ އުމުރުން ދެ އަހަރުގެ ކުއްޖެކެވެ. މިކަން ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރުފަހު 3:30 ގައި ކަމަށް ބުނެފައިވެއެވެ.
"މި ހާދިސާ އާއި ގުޅިގެން ލ. ގަމު ހޮސްޕިޓަލުގައި އެ ކުއްޖާއަށް ދަނީ ފަރުވާދެމުން، މައުލޫމާތު ލިބޭގޮތުގައި ކުއްޖާގެ ހާލު ސީރިއަސް" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް