ނުގަވައިދުން ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ "މާސްޓަރު" އިއްޔެ ޑީޕޯޓްކޮށްލާފައިވާއިރު، ކާޕެންޓަރެއްގެ ވޯކް ޕާމިޓުގައި އެތައް ޖަރީމާއެއް ހިންގަމުންދިޔަ އަބޫ ހަނީފް ނަމަކަށް ކިޔާ ބިދޭސީއަކުވެސް ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން ރޭ 12:00 ހާއިރު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަބޫ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނަކަށް ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން އޭނާ ވަނީ ރޭ އެއާޕޯޓް ހިފަހައްޓައި، ނޯޓިސް ދިނުމަކާ ނުލާ ހުއްދަ ބާތިލުކޮށް ޑިޕޯޓް ކޮށްލާފައި ކަމަށެވެ.
އެއާއެކު އިމިގްރޭޝަން ކޮންޓްރޯލް އަހްމަދު މުހައްމަދު (ހަނަފީ) ވިދާޅުވެފައިވަނީ ދައްކާ ބިރަކަށް އޭނާ ފަހަތަކަށް ނުޖެހޭނެ ކަމަށާއި ނުފޫޒުން އެއްކިބާވެ އިމިގްރޭޝަންގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަމުގައި ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނީ ރައްޔިތުންގެ ހިދުމަތުގަ" ހަނަފީގެ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އަބޫ ހަނީފް ނަމަކަށް ކިޔާ މި މީހާ އަތުލައިގަނެ ޑީޕޯޓްކޮށްލާފައިވާއިރު އޭނާ އަކީ މަނީ ލޯންޑަރ ކުރުމާއި ބިދޭސީންނަށް ނުގަވައިދުން ރާއްޖެއިން ވަޒީފާ ހޯދައިދީ ނުގަވައިދުން ބިދޭސީން ރާއްޖެ އެތެރެކުރުމުގެ މަސައްކަތްވެސް ކުރާ މީހެއް ކަމަށް ބުނެ އޭނާގެ ފޮޓޯތަކެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެއެވެ. އަދި އޭނާ މުޅިންވެސް ދަތުރުކުރަނީ ފްލައިޓްތަކުގެ ފަސްޓް ކްސާސްގައި ކަމަށްވެސް ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓްތަކުގައި ބުނެފައިވެއެވެ.
[contentcards url="https://dhuvas.mv/93237"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް