އެމްޓީސީސީގެ ފެރީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައި، ކަރުދާސް ކޮތަޅު ބޭނުންކުރަން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ، "ހޮޑު ކޮތަޅު"ގެ ގޮތުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މިއަދުން ފެށިގެން އެކުންފުނިން ހުއްޓާލައިފި ކަމަށެވެ. އަދި މިއަދުން ފެށިގެން އެކުންފުނީގެ ފެރީތަކުގައި ބޭނުންކުރާނީ ކަރުދާސް ކޮތަޅު ކަމަށާއި މިއީ ތިމާވެށި ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެކުންފުނިން އިތުރަށް ބުނީ، ދުވާލަކު ގާތްގަނޑަކަށް 26،000 މީހުން އެކުންފުނީގެ ފެރީތަކުގައި ދަތުރުކުރާ ކަމަށާއި މިއީ އަހަރަކު 9.5 މިލިއަން މީހުން ކަމަށެވެ. އެހެންކަމުން މޫދަށް އުކާލެވޭ ޕްލާސްޓިކް ކޮތަޅުގެ އަދަދު ވަރަށް ގިނަވާނެ ކަމަށް ފާހަގަކުރެވެއެވެ.
https://twitter.com/MTCCPlc/status/1172723788183506944
ތިމާވެށި ރައްކާތެރިކުރުމަށް އެކުންފުނިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް