އީސީ އިން "ޑިމޮކްރޮސީ ރަން" ބާއްވައިފި

ބައިނަލްއަގްވާމީ ޑިމޮކްރޮސީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކުރި "ޑިމޮކްރޮސީ ރަން" ބާއްވައިފިއެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 600 އަށްވުރެ ގިނަ ފަރ...

14 Sep 2019 | 08:09

ބައިނަލްއަގްވާމީ ޑިމޮކްރޮސީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކުރި "ޑިމޮކްރޮސީ ރަން" ބާއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 600 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައިވެއެވެ.

މި ދުވުން ފައްޓަވައިދެއްވީ ޑިޕެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީ އާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް އާއި، އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފްގެ އިތުރުން އީސީގެ ރައީސް އަހުމަދު ޝަރީފެވެ.

ޑިމޮކްރޮސީ ދުވަސް ފާހަގަކުރުމަށް އީސީ އިން ބޭއްވި މި ދުވުމަކީ ދިވެހިންގެ އެއްބައިވަތަންތަކަމާއި އެކުވެރިކަން ދައްކުވައިދިނުމުގެ ގޮތުން ބޭއްވި ދުވުމެއް ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

މިދުވުމުގައި އީސީގެ މުވައްޒަފުންނާއި އެކި ޖަމާއަތްތަކުގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ބައިނަލްއަގްވާމީ ޑިމޮކްރޮސީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް