ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގާތް ގުޅުމެއް އޮންނަ ހިޔަލީ މުހައްމަދު ރަޝީދު، އިދިކޮޅު ސިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ.
ރަސްމީކޮށް ހިޔަލީ އެކަން އިއުލާނުކުރައްވާފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓްގެ ކަވަރ ފޮޓޯއަށް ރައީސް މައުމޫނާއި ނަސްރީނާގެ ފޮޓޯފުޅު ލުމަށްފަހު، ޕްރޮފައިލް ފޮޓޯއަށް ހިޔަލީގެ އާއިލާ އިބޫއާއި ބައްދަލުކުރާ ފޮޓޯއެއް ލުމަށްފަހު "2" ޖަހާފައި ކުރެއްވި ޓްވީޓަކުންނެވެ.
https://twitter.com/HiyaleeM/status/1040567519570882561
އިބޫއަށް ތާއީދުކުރަން ހިޔަލީ ނިންމަވާފައިވާއިރު ހިޔަލީ ވަނީ ލަންކާގައި ރައީސް ނަޝީދާއެކު ބައްދަލުވުމެއް ކުރިއަށްގެންގޮސްފައެވެ.
ރައީސް ޔާމީން، ޕީޕަލްސް އެލަޔަންސް ޕާޓީ އުފެއްދެވި ހިސާބުން ފެށިގެން ސިޔާސީ މައިދާނުގައި ހިޔަލީ އަންނަނީ ރައީސް ޔާމީނާއިއެކުގައި މަސައްކަތްޕުޅު ކުރައްވަމުންނެވެ. ޕީއޭ، ޑީއާރުޕީ އަދި ޕީޕީއެމްގައި ރަޖިސްޓްރާރ ގެ މަގާމު އަދާކުރެއްވިއެވެ.
އިބޫއަށް ތާއީދުކުރައްވަން ހިޔަލީ ނިންމަވާފައިވާއިރު ހިޔަލީ ރަޝީދަށް ވަނީ 2014 ވަނަ ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދްމަތް ކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް