2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރިޒަލްޓް ޗެކަރ އެއް ބޭނުން ކުރި ކަމަށާއި ނަމަވެސް އޭރު ރިޒަލްޓް ޗެކަރ ބޭނުން ކުރީ ފޮށި ކައިރީގައި ނަތީޖާ އިއުލާނު ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ކަމުގައި އެ ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިހެން ވިދާޅުވީ އިންތިހާބުގެ އޮފިޝަލުން ތަމްރީނު ކުރުމުގައި ބޭނުންކުރި ސްލައިޑެއްގައި "ހުރިހާ ވޯޓު ކަރުދާހެއް ގުނާ ނިމުމުން، ޓެބްލެޓްގައިވާ ރިޒަލްޓް ޗެކަރ އަށް އެންޓަރ ކުރުން، އަދި ޓެބްލެޓުން ޖެނެރޭޓްކުރާ ވަގުތީ ނަތީޖާ ޝީޓް ޕްރިންޓްކުރާ ވާހަކަ އޮތް އޮތުމަށް ރައްދުދެއްވަމުންނެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުވާދު ވިދާޅުވީ އެ ސޮފްޓްވެއާއަކީ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހުގައި ބޭނުން ކުރި ސޮފްޓްވެއާއެއް ކަމަށާއި އެ ޕްރޮސެސް ކުރިއަށްގެންދަނީ ނަތީޖާގައި ހިމެނޭ ޖުމްލަ ކަށަވަރު ކުރުމަށް ކަމަށެވެ.
ހަމަ މި މައްސަލައިގާ ފުވާދު މިރޭ ޓްވީޓެއްވެސް ކުރައްވާފައިވެއެވެ. އެ ޓްވީޓްގައި ފުވާދު ވިދާޅުވެފައިވަނީ ވޯޓު ގުނާ ނިމުމުން ފުރަތަމަ ޖެހޭނީ ނަތީޖާ އިއުލާނު ކުރަން ކަމަށާއި އަމަލު ކުރަންޖެހޭނީ އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ ގޮތަށް ކަމަށެވެ. އަދި ޓެބްލެޓަށްވިއަސް އަދި އެހެން އެއްޗަކަސްވިޔަސް އެއަށްފަހު އެންޓަރ ކުރެވިދާނެކަމަށާއި މިކަމަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމުވާނެކަމުގައިވެސް ފުވާދު ވިދާޅުވެފައިވެއެވެ.
https://twitter.com/FuwadThowfeek/status/1040280432464420864
މިއަދު ސޯޝަލް މީޑީއާގައި ދައުރުވަމުންދިޔަ ސްލައިޑްތަކަށް ބަލާއިރު ޕްރޮސެސް އޮތް ގޮތަކީ ނަތީޖާ ޓެބްލެޓްގެ ރިސަލްޓް ޗެކަރ އަށް އެންޓަރ ކުރުމެވެ. އަދި އެއިން ޖެނެރޭޓްކުރާ ނަތީޖާ ޝީޓް ޕްރިންޓްކޮށް އޮފިޝަލުން ސޮއި ކުރުމަށްފަހު އިއުލާނު ކުރުމެވެ. އަދި މަރުކަޒުގައި ނަތީޖާ ތަތް ކުރުމެވެ.
ވޯޓު ގުނުމާއި ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާއިބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯޓު ގުނުމާއި ނަތީޖާ އިއުލާނު ކުރުން ކުރިއަށްދާނީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް އެކަން ކުރި ގޮތަށް ކަމަށެވެ. އަދި ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އިލެކްޝަންސުން މިހެން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް